ސޫރިޔާގެ ސިފައިން އެޤައުމުގެ އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް މިހާރު ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަނަށް ބޮޑެތި ކާމިޔާބީ ތަކެއް ލިބެމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ސޫރިޔާގެ މުސްތަޤިއްލު ޖަމާޢަތެއްކަމަށްވާ ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް އިން ބުނީ ރަޝިޔާގެ ވައިގެ އެހީއާއެކު ސޫރިޔާ ސިފައިން ޙަލަބްގެ ކައިރީގައި މިހާރު ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަނާ ގުޅިގެން އިދިކޮޅު ހަނގުރާމަވެރިން ފަހަތަށް ޖެހެމުންދާކަމަށެވެ.ތުރުކީވިލާތުން ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ގެންނަމުންދާ ހަތިޔާރުގެ ސަޕްލައިތައް މިއޮޕަރޭޝަންގެ ސަބަބުން ބަންދުވެ ޙަލަބްގެ ކައިރީގައިވާ ސަރަހައްދުތައް ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އަލުން ދިޔުމުގެ ފުރުޞަތު މިހާރު ބޮޑުވެއްޖެ ކަމަށްވެސް ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް އިން ބުނެއެވެ.ސޫރިޔާގެ ރަސްމީ މީޑިޔާއިންވަނީ ހަލްބްގެ ކައިރީގައިވާ ބައެއް ސަރަހައްދުތައް ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެވިފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް ހަނގުރާމައިގެ ހަމަލާތައް ހަލަބްގެ ތެރެއަށް އަދި ނުދާކަމަށް ރިޕޯޓްތައް ބުނެއެވެ.