ދުނިޔެ

ތުރުކީ އާއި ސަޢޫދީގެ ތާޢީދު ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް


ސަޢޫދީއަރަބިއްޔާ އާއި ތުރުކީވިލާތުން ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ތާއީދުކުރަމުން ގެންދާނެކަމުގައި އެދެޤައުމުން ބުނެފިއެވެ.ދެޤައުމުން މިހެން ބުނެފައިވަނީ އިއްޔެ ސަޢުދީގެ ރިޔާދްގައި ދެޤައުމުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. ތުރުކީވިލާތުގެ ބޮޑުވަޒީރު އަޙްމަދު ދާވުތުލޫ ވިދާޅުވީ ސަޢުދީ އާއި ތުރުކީ ވިލާތުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ދެޤައުމުގެ މެދުގައި ދެކެވުނު ވާހަކަތަކުގައި ނިންމާފައިވާ ކަމަށެވެ.މިގޮތުން ދެޤައުމުގެ އަސްކަރިއްޔާގެ ކަންތައްތަކުގަ އާއި ހަކަތަ އާއި ގުޅުންހުރި ދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް ދެޤައުމުން ވަނީ ބުނެފައެވެ.ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެޤައުމުގެ ބޮޑުވަޒީރު އަޙްމަދު ދާވުތުލޫ އާއި ސަޢުދީއަރަބިއްޔާގެ ރަސްގެފާނު ކިންގ ސަލްމާން ވެސް ވަނީ ސަރަހައްދީ ހަމަނުޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރަން ހާއްސަ އިސްކަމެއް ދޭން ނިންމާފައި ކަމަށެވެ. އަދި ދެޤައުމުންވެސް މިހާރު އދ.އިން އިސްނަގައިގެން ކުރިއައްދާ ސޫރިޔާގެ ސުލްހައިގެ މަޝްވަރާތަކުގައި ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ނިންމާ އެއްވެސް ނިންމުމަކާ ދެކޮޅު ނަހަދާނެ ކަމަށް ވިދާޅުވެފައެވެ.