ދޭއް އެކަކުން އެތްލެޓިކޯ މެޑްރިޑް ބަލިކޮށް ސްޕެނިޝް ލަލީގާ ތާވަލްގެ އެއްވަނާގައި ހަތަރު ޕޮއިންޓްގެ ލީޑެއް ބާސެލޯނާއިން ނަގައިފިއެވެ. ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގެ ހުރިހާ ގޯލެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފްގައެވެ. މެޗުގެ ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ އެތްލެޓިކޯ މެޑްރިޑުންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މިޑްފިލްޑަރ ކޮކޭއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސެލޯނާއިން ނަތީޖާ އެޓީމް ކޮޅަށް އަނބުރާލީ ދެ ފޯވާޑުން ކަމަށްވާ ލަޔަނެލް މެސީ އަދި ލުއިސް ސުއަރޭޒްގެ ލަނޑުތަކުންނެވެ. ދޭއް އެކެއްގައި ނަތީޖާ އޮއްވައި އެތްލެޓިކޯއަށް އިތުރު އުނދަގޫތަކާއި ކުރިމަތިވީ މުހިންމު ދެ ޑިފެންޑަރުންކަމަށްވާ ކެޕްޓަން ޑިއޭގޯ ގޮޑިން އަދި ފިލިޕޭ ލުއިސް އަށް ރަތްކާޑު ދެއްކުމުންނެވެ. މެޗުން އެތްލެޓިކޯ ބަލިވުމާއިއެކު ލަލީގާ ތާވަލްގެ އެންމެ ކުރިން ބާސެލޯނާއަށް ވަނީ ތިން ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ތާވަލްގެ ދެވަނާގައި އޮތީ އެތްލެޓިކޯ މެޑްރިޑެވެ. އަދި ތިންވަނާގައި އޮތީ ވާދަވެރި ރެއާލް މެޑްރިޑެވެ. ރިއާލް މެޑްރިޑް މިރޭ ނިކުންނާނީ އެސްޕަންޔޯލްއާއި ދެކޮޅަށެވެ.