ޚަބަރު

އެމްޕީއެލް ސަރަހައްދު ޢާއްމު ހާލަތަކަށް ގެނެސްފި


ކެމިކަލްތަކެއް ލީކުވެގެންކަމަށް ބެލެވޭތީ އެމްޕީއެލް ސަރަހައްދު ބަންދުކުރިތާ ގިނަ އިރުތަކެއް ނުވަނީސް އެސަރަހައްދު އާންމު ހާލަތަކަށް ގެނެސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމްޕީއެލް ސަރަހައްދު ބަންދުކޮށްފައި ވަނީ އެސަރަހައްދުގައި ކެމިކަލް ލީކުވެގެން އުޅޭ ކަމުގެ މައުލޫމާތުތަކެއް ލިބިގެންކަމަށެވެ.

އެސަރަހައްދުގައި ފުލުހުންނާއި ސިފައިންވެސް ވަނީ ހަރަކާތްތެރި ވެފައެވެ.

އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފާޚާނާގައި ބޭނުންކުރާ ކެމިކަލްތަކެއް ލީކުވިކަމަށް ބެލެވިގެން އެކަން ފުލުހުންނަށް ރިޕޯޓް ކުރުމުން އެބޭފުޅުން އެސަރަހައްދަށް ވަޑައިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިހާރު އެސަރަހައްދު އާންމު ހާލަތަށް ގެނެސްފައިވަކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށްވެސް އަދި އެއްވެސް އެއްޗަކަށްވެސް ގެއްލުން ވެފައި ނުވާކަމަށް އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.