ސިޔާސީ

ނިހާނަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި


ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެމްބަރ އަޙްމަދު ނިހާން ޙުސައިން މަނިކަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެއްވަން ފައްޓަވައިފިއެވެ.މަޢުލޫމާތު ލިބިފައިވާގޮތުގައި ނިހާން ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފައިވަނީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އަދި ފަރުވާ ހޯއްދަވަމުން ގެންދަވަނީ ފުއްޕާމޭގެ އާލާސްކަންފުޅަކަށް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.ނިހާންގެ އާލާސްކަންފުޅާއި ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.