ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލް ސަސްޕެންޑް ކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލް ސަސްޕެންޑް ކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.
ތަހްގީގު ކުރަމުންދަނީ ސުޕްރިމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލް އެކޯޓުގެ ސީސީޓީވީ ކެމެރާ ސިސްޓަމް ބޭނުން ކޮށްގެން ފަނޑިޔާރުންނަށް ފާރަލުމުގެ މައްސަލަ އެއްގައި އަދި ކޯޓުން ބޭރަށް މައުލޫމާތު ފޯރުކޮށްދޭ ކަމުގެ ތުހުމަތުގައެވެ.
ވަގުތީ ގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު ހަވާލު ކޮށްފައިވަނީ އެކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއާއެވެ.